މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ކަމަދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަދޫ ގެއެއް ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ބ. ކަމަދޫ / ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.
އަދި މި މައްސަލައާ ގުޅިގެން ޢަލީ ރިޔާޟު ޙަސަން (53އ) ފަސް ދުވަހަށް އަދި އާމިނަތު ފަރީޝާ (42އ) 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން