އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް އިން މައުލޫމާތު ދިންގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ.
Minister of Sports Abdulla Rafiu, Commissioner of sports Mohamed Tholal, and senior officials welcomed back the National U21 Netball Team after their impressive performance at the Asian Youth Championship 2025 in Jeonju, Korea — proudly securing 2nd place in Plate (Group B) pic.twitter.com/FTSVezeYHW
— Ministry of Sports, Fitness and Recreation (@MoSFR_mv) July 5, 2025
އެކާވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުރިއަށްދިޔަ މި މުބާރާތުގެ، ރޭންކިން އެންމެ ރަނގަޅު ފަސް ޓީމު ކުޅުނީ ކަޕް ފަޅީގަ އެވެ. އަދި، ރާއްޖެ ހިމެނޭ ރޭންކިން ދެ ވަނަ ފަންތީގެ ޓީމުތައް ކުޅުނީ ޕްލޭޓް ކެޓަގަރީގަ އެވެ.
ދެކުނު ކޮރެއާގައި ކުރިއަށްދިޔަ މި މުބާރާތުގައި، ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ލިބުނީ ދެ ވަަނަ އެވެ.
މިއީ، މިހާތަނަށް ޒުވާން ނެޓްބޯޅަ ޓީމެއް ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
މި ލިޔުން ކިޔާލުމުން