ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަންވާނީ ދަޅުގައި ބަންދުކޮށްގެން ވޭލިޔޫ އެޑެޑް ޕްރޮޑަކްޓެއްގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖޭގައި ބާނާ މަހުން އުފައްދާފައިވާ މަސްދަޅު ބާޒާރަށް ނެރެން ތައްޔާރުވެފައިވާތީ އެކަމަށް ފިޝަރީޒް މިނިިސްޓަރ މިއަދު ވަނީ އެކަމަށް މަރުހަބާކިޔާފައެވެ.
މި ދަނޑިވަޅުގައި އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިވެހި މަސްވެރިން ބާނާ މަހަށް ބޮޑު މަންފާއެއް ލިބޭނީ ރާއްޖޭގައި މަހަށް ވެލިޔޫ އެޑެޑް ޕްރިޑަކްޓެއްގެ ގޮތުގައި ވިޔަފާރީގެ މަންފާ ހޯދުމުން ކަމަށެވެ. ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމަކީ މަހުގެ އަގު ދަށްވެ، މަސް ވިއްކައިގެން ލިބޭ އާމްދަނީ ދަށްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Maldives should be encouraging domestic processing & value-added production of our fish. We will remain a poor country if we continue to export raw fish for others to do the value addition. Learn from Indonesia's ore export ban & its positive outcome.
— Umar Naseer (@UmarNaseerMV) July 5, 2025
އުމަރު ވިދާޅުވީ އެހެން ފަރާތްތަކަށް ވެލިޔޫ އެޑެޑް ޕްރޮޑަކްޓެއްގެ ގޮތުގައި މަސްއެކްސްޕޮޓް ކުރާނަމަ ދިވެހިން ތިބޭނީ ފަގީންރު ގައުމެއްގެ ގޮތުގައިކަމަށެވެ.
އުމަރު ވަނީ އިންޑިނޭޝިޔާގައި މަސް އެކްސްޕޯޓް ކުރުން ބޭންކޮށް ހޯދާފައިވާ ކާމިޔާބުން ވިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.
ޗައިނާގެ ކުންފުންޏަކުން މިއަދު ވަނީ އެމީހުން އުފެއްދި ފުރަތަމަ ބެޗުގެެ ސާމްޕަލްތައް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް މިހާރު އަރުވާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން