ކުޅުދުއްފުށި ސިޓީގައި ބެޑްމިންޓަން އަމްޕަޔަރ ކޯހެއް ފަށައިފިއެވެ.
މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށި ސިޓި ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
The Maldives National Institute of Sports (MNIS), in collaboration with Kulhudhuffushi City Council, has launched a Badminton Umpire Course from 3rd to 10th July in Kulhudhuffushi City.
With 31 active participants, the course aims to build strong officiating skills in badminton,… pic.twitter.com/O9meJ852rc— Ministry of Sports, Fitness and Recreation (@MoSFR_mv) July 3, 2025
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވަނަ ދުވަހުން ފެށިގެން ޖުލައި 10 އާ ހަމައަށެވެ.
މި ކޯހުގައި ޖުމުލަ 31 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގެ މަޤުޞަދަކީ ބެޑްމިންޓަންގެ އޮފިޝަލްކަން ކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ކޯޗުން ކަމަށްވާ ޢަލީ ޢަބްދުލް ކަރީމާއި އަޙްމަދު ޝިޔާމެވެ.
މި ލިޔުން ކިޔާލުމުން