މޯލްޑިވިއަން އިން ޗައިނާގެ މާކެޓަށް އިތުރަށް ފުޅާކުރުމަށް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއާ ރަސްމީކޮށް ގުޅިއްޖެއެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވެލްސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސް އަދި ޗައިނާގެ އައިއޭޓީއޭގެ ބިލިންގ އެންޑް ސެޓްލްމަންޓް ޕްލޭން، ބީއެސްޕީއާއެކު ރަސްމީކޮށް ގުޅިފައިވާކަމަށެވެ.
Maldivian proudly expands its reach in China!
We're now live on TravelSky GDS and part of IATA’s BSP in China, enabling convenient ticketing. With direct flights to Beijing, Shanghai & Chengdu, this milestone enhances travel convenience for agents and customers alike. 🌏✈️… pic.twitter.com/AQuBNMG3R6— MaldivianAero (@MaldivianAero) June 26, 2025
މި ބަދަލާއެކު ޗައިނާގައި ތިބި އައިއޭޓީއޭއިން އެކްރެޑިޓްކޮށްފައިވާ އޭޖެންޓުންނަށް މިހާރު ޓްރެވެލްސްކައި ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ އީ-ޓިކެޓް ފަސޭހަކަމާއެކު ދޫކުރެވޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.
ޓްރެވެލްސްކައި ޖީޑީއެސް އަކީ ޓްރެވަލްސްކައި ޓެކްނޮލޮޖީ ލިމިޓެޑް އިން ހިންގާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް، ޖީޑީއެސްއެކެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ. ދުނިޔޭގައި އެންމެ ބޮޑު ތިން ޖީޑީއެސްގެ ތެރޭގައި ހިމެނޭ، މި ސިސްޓަމުން އެއަރލައިންތަކަށާއި ޓްރެވަލް އޭޖެންސީތަކަށް ޓިކެޓް ރިޒާވްކުރުމާއި، ފުރުމުގެ ކަންކަން ބެލެހެއްޓުމާއި، ޑިސްޓްރިބިއުޝަންގެ އިތުރުން މެނޭޖްމެންޓުގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ.
މޯލްޑިވިއަނުން ދަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއެވެ. މި ރޫޓުތަކުގައި ޚިދުމަތް ދެނީ އެއަރލައިންގެ އޭ330-200 ވައިޑްބޮޑީ މަތިންދާބޯޓުންނެވެ. މިއީ ދުރު މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް އަމާޒުކޮށްގެން ޚިދުމަތް ދިނުމަށް އެއެރލައިންގެ ފްލީޓަށް ގެނައި ބޯޓެކެވެ.
މި ލިޔުން ކިޔާލުމުން