ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުން ކުނިވަހެއް ދުވާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހަައްދުގައި ހަރަކާތްތެރި ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނިރޮޅު މަގުން ހުޅުމާލެ ފޭސް 2 އަރާ ހިސާބު ބީޗް ސަރަހައްދުގައި ކުނިވަސް ދުވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް މިއަދު 17:19 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބެލިބެލުމުން އެއީ ބުޅަލެއް ކުނިވެގެން ދުވަމުންދާ ވަހެއްކަން ވަނީ ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާރުވެސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކިޔާލުމުން