ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިޢާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރައީސް މުޢިއްޒު ވަނީ ދިވެހި ޙައްޖާޖީންނާމެދު ސަޢޫދީ ސަރުކާރުން ބަހައްޓަވާ ގާތްކަމާއި ދެއްވާ ފުރިހަމަ ޚިދުމަތަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ މިއަހަރު ސަޢޫދީގެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި، ސަޢޫދީ ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، އިއްޔެ ރައީސް މައީސް މުޢިއްޒު ވަނީ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ސަޢޫދީއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.
Minister of Hajj and Umrah, His Excellency Dr Tawfig F. Al-Rabiah pays a courtesy call on His Excellency President Dr @MMuizzu today.
During the call, the President expressed profound gratitude to the Custodian of the Two Holy Mosques, His Majesty King Salman bin Abdulaziz Al… pic.twitter.com/qxkDg5D2UL
— The President's Office (@presidencymv) June 8, 2025
މި ލިޔުން ކިޔާލުމުން