ޑްރަގް ޓްރެފިކްކުރުމުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ ޅ. ނައިފަރު / މާނާ، މުޙައްމަދު މާހިލް ޢަބްދުﷲ (26އ) އެވެ. އޭނާ ހޯދަމުންދަނީ ޑްރަގު ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ޖޫން 13 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން