ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން މިއަދު އިޢުލާނުކުރި ގޮތުގައި، ގިނަ ބައެއްގެ އެދުމުގެ މަތިން މި އަހަރުގެ އަޟްހާ އީދު ބަންދުގައި ވަކި ގަޑިތަކެއްގައި އުތީމު ގަނޑުވަރު ހުޅުވާލަން ނިންމައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން ބުނި ގޮތުގައި، ހއ. އުތީމު ގަނޑުވަރަކީ ގިނަ ފަރާތްތަކެއް ޒިޔާރަތްކޮށް ބަލާލަން ބޭނުންވާ ދިވެހީންގެ މުހިންމު ތަރިކައެކެވެ. ޚާއްޞަކޮށް ސްކޫލު ބަންދާއި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ގިނަ ފަރާތްތަކަކުން އެދޭ ކަމެއް ކަމަށް އެ ސެންޓަރުން ފާހަގަކުރިއެވެ.
މި އަހަރުގެ އަޟްހާ އީދު ބަންދާ ގުޅިގެން އުތީމު ގަނޑުވަރު ހުޅުވާލާނީ ޖޫން މަހުގެ 7، 8 އަދި 9 ވަނަ ދުވަހުއެވެ. މި ދުވަސްތަކުގައި ގަނޑުވަރު ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 އިން މެންދުރު 13:30 އަށެވެ. ނަމަވެސް، ހައްޖު ދުވަހާއި އީދު ދުވަހު އުތީމު ގަނޑުވަރު ބަންދުކުރާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އާންމު ދުވަސްތަކުގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 އިން މެންދުރު 13:30 އަށެވެ.
މި ލިޔުން ކިޔާލުމުން