ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ދަތުރު ފަށާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރައްވަމުން އެ ވުޒާރާއިން ވިދާޅުވީ ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
"އެންމެހައި ހައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމުގައި ދިވެހި ހައްޖު މިޝަނުން މަޢުލޫމާތު ދެއްވާ. ދިވެހި ހައްޖުވެރިންނަށް ޓަކައި ހައްޖު ކޯޕަރޭޝަނުން މިނާގައި ވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1،000 ހައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ. މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވެއެވެ.
މި އިނިޝިއޭޓިވްގެ ދަށުން، ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން، ސަޢޫދީ އަދި ރާއްޖޭގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން ރާއްޖޭގެ އެއަރޕޯޓުގައި ތިބެ ނިންމާލެވިފައިވެއެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި ހައްޖުވެރިން ހޭދަކުރާ ވަގުތު ވަރަށް ބޮޑުތަނުން ކުރުވެގެން ގޮސްފައިވެއެވެ. އަދި ހައްޖުވެރިންނަށް އެއަރޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމާއި، ލަގެޖްތައް ސީދާ ހޮޓަލަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.
"މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވަނީ ވނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
މި ލިޔުން ކިޔާލުމުން