މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި ހިނގާ ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޓީސީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 17 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގައި ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެހައި ޙިއްޞާދާރުން، 2025 ޖޫން 15 ވަނަ ދުވަހުގެ 20:30 ގެ ނިޔަލަށް ރަޖިސްޓަރ ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މިގޮތުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް، އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:00 އާއި 16:00 އާދެމެދު އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް "2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް" ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެވޭނެއެވެ.
މި ޖަލްސާގައި ޙިއްޞާދާރުންނަށްމޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވެވިދާނެއެވެ.
މި ލިޔުން ކިޔާލުމުން