ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ގދ. ފިޔޯރީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ފިޔޯރީގެ ތަރައްޤީއާއި ރައްޔިތުންގެ އެންމެ އިސް ބޭނުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ކައުންސިލުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވަނީ ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ. މި މަޝްރޫޢުތައް އަވަހަށް ނިންމައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކައުންސިލްގެ ރައީސާއި މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން