މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް، މިއަދު ހެނދުނު ފުރާވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ސަޢުދީ އަރަބިއާ އަށް ވަޑައިގެންނެވުމުން މަދީނާގެ އެއާޕޯޓުން ހޫނު މަރުހަބާއެއް ދަަންނަވައިފި އެވެ.
ސަޢުދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާބޯޓެއްގައި ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ވަފުދަށް، މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އަބްދުލް މުހްސިން ހަމީދު އެވެ. އަދި ރާއްޖެއިން ސަޢުދީ އަރަބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ރައީސްގެ ވަފުދުގެ އިސްތިގްބާލުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މަދީނާގެ އެއާޕޯޓުން ރައީސް އަށް ގާޑް އޮފް އޮނާއެއް އަރުވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.
His Excellency President Dr @MMuizzu and First Lady Madam @sajidhaamohamed arrive in Saudi Arabia for this year’s Hajj pilgrimage.
Upon their arrival at Prince Mohammad Bin Abdulaziz International Airport, President Dr Muizzu was warmly received by the Deputy Governor of… pic.twitter.com/7UBFlxfnrw
— The President's Office (@presidencymv) May 31, 2025
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން