މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އަދި ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.
29 މެއި 2025 ވަނަ ދުވަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ހ. ސީސައިޑް އަލްފާޟިލާ އައިޝާ ނޫރައިން ޖަނާހު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) May 29, 2025
އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރްއައިން ވަނީ ގާތްގަޑަކަށް ހަމަސްދުވަސް ފަހުން އިސްތިއުފާ ދެއްވާފައެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އޭނާ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އެވެ.
މި ލިޔުން ކިޔާލުމުން