ކުޅުދުއްފުށި ސިޓީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއާއެކު އެސިޓީގެ ކަރަންޓު ކެޕޭސިޓީ 10 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި މިހާރުވަނީ 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށްފައެވެ. މިއާއެކު ކުޅުދުއްފުށީގައި ކުރިން ހުރި 9.2 މެގަވޮޓްވަނީ 10.4 މެގަވޮޓަށް އިތުރުވެފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން: ކުޅުދުއްފުށި ސިޓީގައި 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އިންސްޓޯލުކޮށް, މިހާރުވަނީ ބޭނުންކުރަން ފަށާފައި #TeamFenaka pic.twitter.com/Qv677gbT61
— Fenaka Corporation Ltd (@TeamFenaka) May 26, 2025
ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަނީ ކުރީގެ އިންޖީނުތަކެކެވެ. އަދި ކުޅުދުއްފުށީގައި ހުރީ 1998ވަނަ އަހަރު ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އޭރުގެ ނިސްބަތުން ތަރައްޤީކޮށްފައިވާ އިންޖީނުގޭގައި އައު އިންޖީނުތައް ބެހެއްޓުމަށްވަނީ ދަތިވެފައެވެ. އެހެންކަމުން ބައުވެފައިވާ އިންޖީނުތަކުގެ ބަދަލުގައި އައު އިންޖީނުތައް ޤާއިމުކޮށް ކެޕޭސިޓީވަނީ އިތުރުކޮށްފައެވެ. ކުޅުދުއްފުށީގައި މިހާރު 10 އިންޖީނު އަންނަނީ ބޭނުންކުރަމުންނެވެ.
ފެނަކައިން ވިދާޅުވީ، މިހާރު ބޭނުން ކުރަން ފެށި ޖަނަރޭޓަރާއެކު މެދުވެރިވެދާނެ ހާލަތެއްގައި ބެކް-އަޕް ޖަނެރޭޓަރެއްގެ ގޮތުގައި އެޖަނަރޭޓަރު ބޭނުންކުރެވޭނެކަމަށެވެ.
ފެނަކައިން ވަނީ ލ.ކަލައިދޫ ގައިވެސް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ. ގދ.މަޑަވެލީގައި 160 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ބޭނުންކުރަން ފަށާފައިވާއިރު އަދި ހއ.މޮޅަދޫގައިވަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ.
މި ލިޔުން ކިޔާލުމުން