މިރޭވެސް ހުޅުމާލޭގައި ހަވާ އަރުވަން ތައްޔާރުވެއްޖެއެވެ. މިއީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހަވާ އަރުވާ ތިންވަނަ ރެއެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ 9:45 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ތިން މިނެޓެއްހާއިރު ހަވާ އަރުވާނެ ކަމަށާއި މިރޭ ހަވާ އަރުވަނީ ލިވަޕޫލް ފުޓްބޯޅަ ޓީމުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ، އެކަމުގެ އުފަލުގައި ކަމަށެވެ.
ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން މި ހަވާ އެރުވުން އިންތިޒާމުކުރާއިރު، ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ކުޅޭ މެޗު ނިމުމުން ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ ދެ ރޭގައިވެސް ހުޅުމާލޭގައި ވަނީ ހަވާ އަރުވާފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލާ ދިމާ ބޭރުން ހަވާ އަރުވާފައިވަނީ "މޯލްޑިވްސް އެކްސްޕޯ 2025" ފެށުމުގެ މުނާސަބަތާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ރޭގައި ހަވާ އަރުވާފައިވަނީ ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަހާ ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން