މިދިޔަ މަހު ހ. މިޓާޒްގޭގެ ފުރާޅުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) ގެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލް މިއަދު ހެނދުނު ބަންދުން ދޫކޮށްލުމަށްފަހު، އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ރައުދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އައު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.
ރައުދު ކުރިން ބަންދުން ދޫކޮށްލާފައިވާކަން ހާމަވެފައިވަނީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މިއަދު ތާވަލުކޮށްފައި އޮއްވައި، އެ މައްސަލަ އަނބުރާ ުރާ ގެންދިއުމުންނެވެ. ފުލުހުން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
ޔުމްނު ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ރައުދުގެ އިތުރުން އިތުރު ހަތް ޒުވާނުން ބައިވެރިވެފައިވެއެވެ.
އެހެންނަމަވެސް، ރައުދު ފިޔަވައި އިތުރު މީހަކު މި މައްސަލައިގައި ހައްޔަރުކޮށްފައެއް ނުވިކަމުގައިވިޔަސް، މައްސަލައިގައި ހިމެނޭ އެންމެންގެ ފޯނުތައް ހިފަހައްޓައި، އެ ފަރާތްތައް ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން