ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ހަވީރު ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ.
އިއްޔެ މެންދުރުފަހު ގދ. ނަޑެއްލާއަށް ފޭބުމަށްފަހު ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު)، ގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ނަޑެއްލާއަށް ފޭބުމަށްފަހު އޭނާގެ އެއްވެސް ޚަބަރެއް ނުވުމާ ގުޅިގެންނެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އާދަމް އިބްރާހިމް ފެނިފައިވަނީ މިއަދު ހަވީރު 4:45 ހާއިރު، ނަޑެއްލާ ކައިރީގައި އޮންނަ ފަޅުރަށަކުންނެވެ. އަދި އޭނާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން