ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް 121 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން ރައީސް ވިދާޅުވީ 17 ނޮވެންބަރު 2023 ގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އެސް.ޑީ.އެފް ގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، 30 އެޕްރީލް 2025 ގެ ނިޔަލަށް އެ އަދަދު 121 މިލިއަނަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ބޭރުގެ ދަރަނި ދައްކަމުން، އެސް.ޑީ.އެފް ފަންޑަށްވެސް ފައިސާލަމުން، އަޅުގަނޑުމެންގެ ޚަރަދުތައް ކުރަމުން، މުޅި އިކޮނޮމީގެ ކަންކަން މެނޭޖުކުރަމުން މިދަނީ...ޕްލޭން ކުރެވިގެން، ތަރުތީބަކުން"، ރައީސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ފަންޑުން ޓީ-ބިލަށާއި ފިކްސްޑް ޑިޕޮސިޓްތަކަށްވެސް އިންވެސްޓްކުރާ ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން އެސް.ޑީ.އެފް ފަންޑަށް 121 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން