ޤާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވަސް ކުރާނަން. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް،…
— Dr Mohamed Muizzu (@MMuizzu) April 24, 2025
މިގޮތުން ރައީސް ވިދާޅުވީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ އަދި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު ޒިލާލްގެ ކޮއްކޮ، ރާއޫދު އަޙްމަދު ޒިލާލް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އިޒްދިޔާން މަޤާމުން ވަކިކޮށްފައިވާއިރު، ދާއޫދު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަރ ސެކްރެޓަރީގެ މަޤާމުން ސަސްޕެންޑްކޮށް، ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަކިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން