ގިނަ ދައިރާތަކެއް ހިމެނޭގޮތަށް މެލޭޝިއާގައި ކިޔެވުމަށް މާލެ އަތޮޅަށް ހާއްޞަ ސްކޮލަރޝިޕެއް ހުޅުވައިފި އެވެ.
މާލެ އަތޮޅު ކައުންސިލް އިދާރާއިން ކ އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިނުމަށް ހަމަޖެހިފައިވާ "ކާފު ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕް ދެނީ މެލޭޝިއާގައި ކިޔެވުމަށެވެ.
ކައުންސިލް އިން އަހަރަކު އެއްފަހަރު ދިނުމަށް ނިންމާފައިވާ މި ސްކޮލަރޝިޕްގައި ކިޔަވަން ދެ ފުރުސަތުވަނީ ދީފައެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ކައުންސިލުން ނޮމިނޭޓްކޮށް އުސޫލުގައިވާ ގޮތަށް އިވެލުއޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ހެދޭ އިވެލުއޭޝަނަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމެޓީ އަކުން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އާކިޓެކްޗަރ، މެޑިސިން، ސައިކޮލޮޖީ،އައިޓީ، މަލްޓި މީޑިއާ، ސިވިލް އިންޖިނިއަރިން އަދި އެޑިޔުކޭޝަނަލް އެޑްމިިނިސްޓްރޭޝަން ހިމެނެއެވެ.
އެ ކައުންސިލާއި އެފިލިއޭޓް ވެފައިވާ މެލޭޝިއާގެ ޔޫސީއެމްއައި ޔުނިވަރސިޓީއާއި މަލްޓި މީޑިއާ ޔުނިވަރސިޓީން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުލީ ފަންޑެޑް ސްކޮލަރޝިޕް ދޭނެ ކަމަށާއި އެހެން ޔުނިވަރސިޓީއަކުން ކިޔަވާނަމަ ހަމަޖައްސައި ދެވޭނީ ކޯހަށް ހިނގާ ޚަރަދުގެ ބައެކެވެ. މީގެ އިތުރުން ކިޔަވާ ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީ ހަމަޖައްސައިދޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން