ޗައިނާގެ ސިޗުއާން ޕްރޮވިންސާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާ ބެހޭ އިދާރާއާ ދެމެދު ބޭއްވި ބައްދަލަވުމެއްގައެވެ.
މި ބައްދަލުވުމުގައި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި ފަންނީ އެހީތެރިކަމާއި ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
Officials from the Ministry met with a delegation from the Sichuan Provincial Department of Agriculture and Rural Affairs and the Sichuan Academy of Agricultural Sciences to review and discuss the implementation of the Memorandum of Understanding (MoU) on Strengthening… pic.twitter.com/xVg0jywxEZ
— Ministry of Agriculture and Animal Welfare (@MAAWmv) April 20, 2025
2024 ވަނަ އަހަރު ދިވެހި ސަރުކާރާއި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދިނުމެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެވި، އެކަންކަން މި ބައްދަލުވުމުގައި ހިއްސާކުރިއެވެ. އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.
މި ލިޔުން ކިޔާލުމުން