ގާތްގަނޑަކަށް އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާ ގުޅިގެން ހުޅުމާލޭ ފޭސް 2 ގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީން (36އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މިގޮތުން މި ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން