ހުޅުމާލޭގައި ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެއްމާބަނޑު ދެބެއިންގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.
އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތިކަމަށް ފެނިފައިވާ ކަމަށާއި، މީގެ ތެރޭގައި ފްލޭވަރ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން