ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ޒަމާނީ ތަރައްޤީ ގެނައުމަސް ޖާޕާނުން ވެދެއްފާއިވާ އެހީތެރިކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ދިނުމާއި ގުޅޭގޮތުން މަޝަވަރާކޮށްފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ގެ އަރިހަށް ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މސ. އިޝިގާމީ ރޫމިކޯ ވަނީ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން އަބަދުވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މަސްވެރިކަމުގެ ތަރައްގީއަށް ހުރިހާ ދާއިރާއަކުން ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެއްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.
Minister Ahmed Shiyam met with the newly appointed Ambassador Extraordinary and Plenipotentiary of Japan to the Maldives, H.E. Mrs. Ishigami Rumiko. Minister Shiyam expressed gratitude for Japan's continued support in the development of the fisheries sector. The Ambassador… pic.twitter.com/TaUEW29xXh
— Ministry of Fisheries and Ocean Resources (@MFORmv) April 15, 2025
މީގެ އިތުރުން ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ޗައިނާ އިން ވަނީ އެހީތެރިކަން ދިނުމަށް ނިންމާފައެވެ.
The CFNA met with @mifcomv to explore Maldives' fishery products. A video presentation showcased catch methods and storage processes, giving the team insights into the nation's fisheries production capabilities. This exchange opens potential trade opportunities 🇨🇳 and 🇲🇻 pic.twitter.com/LdY6olJg4J
— Ministry of Economic Development and Trade (@MoEDmv) April 15, 2025
ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނެޓިވް ޕްރޮޑަކްޓްސް (ސީއެފްއެންއޭ) ގެ ޓީމުން މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުގައި ވަނީ އިކޮނޮމިކް މިނިސްޓަރ ، ފިޝަރިޒް މިނިސްޓަރ އަދި މިފްކޯގެ މެނޭޖްމަންޓް ޓީމާ ބައްދަލުކޮށް މަޝަވަރާކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ މިފްކޯގެ އޮޕަރޭޝަންތައް ހިނގާގޮތް ތަޢާރަފްކުރުމާއި، ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ. ޗައިނާގެ ޓީމުން ވަނީ މިފްކޯ މަސްފިހާރައަށް ގޮސް އެތަނުގައި ހުރި މަހުގެ އުފެއްދުންތައް ބަލާ އޭގެ މައުލޫމާތު އޮޅުންފިލުވާފައެވެ.
މި ލިޔުން ކިޔާލުމުން