ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މަޢުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް އިސްތަންބޫލްގައި ބޭއްވި ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި، ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، "2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރެވުނު އިކޮނޮމިކް ކޯޕަރޭޝަން އެއްބަސްވުމާއި ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެކެވެ."
މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ.
Foreign Minister Dr. Khaleel and Economic Development and Trade Minister, Saeed engages with the Turkish business community in Istanbul
📃 Press Release | https://t.co/9hjWVlECiC pic.twitter.com/Q4pV63RmXh
— Ministry of Foreign Affairs 🇲🇻 (@MoFAmv) April 15, 2025
ދިވެހި ޚާރިޖިއްޔާއިން ބުނި ގޮތުގައި މި ބައްދަލުވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބައްދަލުވުމެކެވެ.
މި ލިޔުން ކިޔާލުމުން