ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ޑިޒައިން އެންޑް ބިލްޑް މަސައްކަތުގެ 31 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާ ހާބަރު ބޭސިންގެ ޑްރެޖިން އޮޕަރޭޝަންތަކާއި، ކުއޭ ވޯލް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ބަނދަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 22،323 ކިއުބިކް މީޓަރުގެ ސަރަހައަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 212212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.
މީގެ އިތުރުން، 10 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ވެސް ހިމެނެއެވެ. އަދި މައި ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި 31،087 ސީބީއެމް، 290 މީޓަރު ބްރޭކްވޯޓާ، އަދި 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓައެއް ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫޢަކީ 45.11 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. ދިވެހި ސަރުކާރުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ނޭކުރެންދޫއަކީ 1400 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ
މި ލިޔުން ކިޔާލުމުން