1446 ވަނަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިލަންދޫ ކައުންސިލް ކަޕް 2025 ގެ ޗެމްޕިއަންކަން ލިންކް ސްޕޯޓްސް އިން ހޯދައިފިއެވެ.
ލިންކް ސްޕޯޓްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ މިލަންދޫ މާކޯ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ވޮލްކޯ ޔުނައިޓެޑާ ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށްފަހު، 4-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ޓީމުގެ ޖާޒީ ނަންބަރު 27، އިސްމާޢީލް ފަތުޙީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާން، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރ އަޕް ޓީމް ކަމަށްވާ ވޮލްކޯ ޔުނައިޓެޑަށްވެސް 25،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މިލަންދޫ ކައުންސިލް ކަޕް 2025 ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އެކި މަޤާމުތައް ހާސިލުކުރި ފަރާތްތަކަށްވެސް ތަށި ދީފައިވެއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ 6 ނަންބަރު ޖާޒީ، ޙުސައިން ޝަރީފެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވައިފައެވެ. އެއީ:
- ޢަލީ ޝިޔާޙް، ޖާޒީ ނަންބަރު 17، ވޮލްކޯ ޔުނައިޓެޑް
- އަޔާޒު އަޙްމަދު، ޖާޒީ ނަންބަރު 10، ލިންކް ސްޕޯޓްސް
- އިސްމާޢީލް ވަޖީޙް، ޖާޒީ ނަންބަރު 17، ވޮލްކޯ ޔުނައިޓެޑް
- ޙުސައިން ޝަރީފް، ޖާޒީ ނަންބަރު 6، ލިންކް ސްޕޯޓްސް
- އިސްމާޢީލް ފަތުޙީ، ޖާޒީ ނަންބަރު 21، ލިންކް ސްޕޯޓްސް

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ލިންކް ސްޕޯޓްސް ކަމަށްވާއިރު، މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 6، ޙުސައިން ޝަރީފެވެ. އަދި އެންމެ މޮޅު ކީޕަރަކަށްވެސް ހޮވުނީ ލިންކް ސްޕޯޓްސްގެ ކީޕަރު ކަމަށްވާ ޖާޒީ ނަންބަރު 25، އަޙްމަދު ހުޝާމެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރަރގެ މަޤާމު ހޯދާފައިވަނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑޮމިނޭޓާސްގެ ޖާޒީ ނަންބަރު 30، މުޙައްމަދު ރިޒާން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ކޯޗު، އިބްރާހީމް ނިހާދެވެ.

މިލަންދޫ ކައުންސިލް ކަޕް 2025 ކުރިއަށްގެންގޮސްފައިވަނީ މާރިޗު 31 އިން އެޕްރީލް 10ގެ ނިޔަލަށް ކަމަށްވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ.
މި ލިޔުން ކިޔާލުމުން