ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕް 2025 ގެ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެއެވެ.
މިލަންދޫ ކައުންސިލުން ބުނި ގޮތުގައި މި މެޗު ވެގެންދާނީ ވަރަށް ޚާއްޞަ މެޗަކަށެވެ. މިގޮތުން މި މެޗުގެ ޝަރަފުވެރި މެހުމާނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި މަޝްހޫރު ކުޅުންތެރިޔާ، ޢަލީ އަޝްފާޤު (ދަގަނޑޭ) އެވެ.
އަދި މި މެޗުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ) ގެ ވަރަށް ޚާއްޞަ ލައިވް ޕާފޯމަންސެއްވެސް ފެނިގެންދާނެއެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެން ފައިނަލަށް ދަތުރުކޮށްފައިވަނީ ލިންކް ސްޕޯޓްސް އާއި ވޮލްކޯ ޔުނައިޓެޑެވެ. މި ދެ ޓީމު ފައިނަލްގައި ބައްދަލުކުރާނީ މާދަމާ ރޭ 8:45 ގައި މިލަންދޫ މާކޯ ސްޓޭޑިއަމްގައެވެ.
ފިޠުރު ޢީދާ ދިމާކޮށް މާރިޗު 31 ގައި ފެށި މި މުބާރާތުގެ އެންމެ ފަހު މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން