މާލޭގެ ގެއެއްގެ އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.
މިގޮތުން އެމްއެންޑީއެފުން ބުނީ ހެންވޭރު ސޯސަން މަންޒިލްގޭގެ 5 ވަނަ ފަންގިފިލާގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯރއެއްގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ފަތިހު 04:31 ހާއިރު ހާއިރު ލިބުމާއެކު، އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން، އޭސީ އައުޓްޑޯރގައި ރޯވެފައިހުރި އަލިފާން ނިއްވާލެވިފައިވަނީ 04:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން