މާލެ ދަތުރުކުރަމުން ދިޔަ މާވަށު ބޯޓުގައި ރޯވެއްޖެ އެވެ.
ރޯވެފައި ވަނީ ލ. މާވަށުން މާލެއަށް ދަތުރުކުރަމުން ދިޔަ "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައެވެ.
މި ހާދިސާ ހިނގީ އެ ބޯޓު ހިރިލަންދޫން ފުރައިގެން މާލެ އަންނަނިކޮށް ތ. ކަނޑޫދޫ ކައިރީގައެވެ.
މި ވަގުތު އެ ބޯޓުގައި ވަރަށް ގަދައަށް އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މުޅި ބޯޓުގައި އަލިފާން ހިފާފައިވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންގެ ހާލަތު މި ވަގުތު އަދި ސާފުވެފައެއް ނުވެއެވެ.
ތަފްސީލު އަންނަނީ....
މި ލިޔުން ކިޔާލުމުން