ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފިތުރު ޢީދާ ގުޅިގެން ދިވެހި ރައްޔިތުންނަށް ތަޙުނިޔާ ފޮނުއްވައިފި އެވެ.
ރައީސް މުޢިއްޒު ވީޑިއޯ މެސެޖެއްގެ ޒަރީއާއިން ފޮނުއްވި ތަހުނިޔާގައި، ނިމިގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރެއްވުމެކު ވަނީ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮ ދުޢާއާއި ތަޙުނިޔާ އަރިސްކުރައްވާފައެވެ.
މާދަމާއަކީ ރާއްޖޭގައި މި އަހަރުގެ ފިތުރު ޢީދު ދުވަސްކަމަށް އިއުލާންކޮށް އަންގާފައިވާ އިސްލާމިކް މިނިސްޓްރީގެ ޝައްވާލު މަހުގެ ހަނދާބެހޭ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެއްވެސް ރަށަކުން މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވިނަމަވެސް، އިސްލާމީ ބައެއް ޤައުމުތަކަށް ޝައްވާލު މަހުގެ ހަނދު ޘާބިތުވެފައިވާ ކަމުގެ ރަސްމީ ޚަބަރު ލިބިފައިވުމާއެކު މާދަމާ ވާނީ މި1446 ވަނަ އަހަރުގެ ފިޠުރު ޢީދުކަމަށް ކަނޑައަޅައި ނިންމާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިންނެވެ.
މި ލިޔުން ކިޔާލުމުން