ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ޑރ. ހަލީލު އެކްސް (ކުރީގެ ޓްވިޓަރ) ގައި ވިދާޅުވި އެވެ. އަދި ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި އެވެ.
ހަލީލް މިއަދު އެކްސްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންނާއި އަދި ތަރައްގީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވެސް ބުންޏެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު އެކްސްގައި ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގ ބޭފުޅުން އެވެ.
ޑރ. ހަލީލު މިހާރު ނިއު ދިއްލީގައި އެ ހުންނެވީ ރައިސިނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައިސިނާ ޑައިލޮގަކީ ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އެކި ގައުމުތަކުގެ ބައިވެރިވުމާއެކު 2016 އިން ފެށިގެން އަހަރަކު އެއްފަހަރު އިންޑިއާގެ ނިއު ދިއްލީގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި ލިޔުން ކިޔާލުމުން