ދިވެހީންގެ އެހީގައި ޕާކިސްތާނުގައި އަޅާފައިވާ 32 ގެއެއް ޢާއިލާތަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނީ 2022 ވަނަ އަހަރު ޕާކިސްތާނުގައި ފެން ބޮޑުވެ، ގެދޮރު ގެއްލި ހާލުގައި ޖެހުނު އާއިލާތަކަށް ދިވެހިންގެ އެހީގައި ބިނާކޮށްދެވިފައިވާ ގެތައް އެ އާއިލާތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
2022 ވަނަ އަހަރު ޕާކިސްތާނުގައި ފެން ބޮޑުވެ، ގެދޮރު ގެއްލި ހާލުގައި ޖެހުނު އާއިލާތަކަށް ދިވެހިންގެ އެހީގައި ބިނާކޮށްދެވިފައިވާ ގެތައް އެ އާއިލާތަކާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޖުމްލަ 32 ގެ ވަނީ ހަވާލުކުރެވިފަ. pic.twitter.com/V6Q8ZCLafR
— International Aid Campaign (@IACMaldives) March 18, 2025
މިގޮތުން ޖުމުލަ 32 ގެ ހަވާލުކުރެވިފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުންޏެވެ. އައިއޭސީން ބުނީ މިއީ މި ޢާއިލާތަކަށް މި ރަމަޟާން މަހު ދެވިގެން ދިޔަ ވަރަށްވެސް ބޮޑު ހަދިޔާއެއް ކަމަށެވެ.
"އެހީތެރިކަންފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވާށި -އާމީން-"، އައިއޭސީން ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ އަމާޒުގެ ދަށުން އެހީ ޖަމުޢިއްޔާއިން ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން އިފްތިތާޙްކުރީ 2016 ގައެވެ.
މި ލިޔުން ކިޔާލުމުން