ކޮމަން ފަންޑް ފޯ ކޮމޮޑިޓިސް (ސީއެފްސީ)ން ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް މާލީ އެހީ ދޭން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ލޯނަށް އެދި ކުރިމަތިލުމުގެ ފުރުސަތު 2025 ވަނަ އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު ޝައުޤުވެރިވާ ފަރާތްތަކުން އެކަމުގެ ޕްރޮޕޯސަލް [email protected] އަށް ފޮނުވުމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މި ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް އިސްކަން ދެވޭނެ ކަމަށް ސީއެފްސީން ބުނެފައިވާކަން ވެސް އެ ވުޒާރާއިން ފާހަގަ ކޮށްފައި ވެއެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް އެ ވުޒާރާއިން ދެކެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް http://common-fund.org ޒިޔާރަތްކުރުމަށް ވެސް އެ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.
މި ލިޔުން ކިޔާލުމުން