1446ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ޒަކާތު ހައުސްއަށް ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އާންމުކޮށްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61 ރުފިޔާ ( ދެމިލިއަން ނުވަސަތޭކަ ތޭރަހާސް އަށްސަތޭކަ ތިރީސް ނުވަ ރުފިޔާ ފަސްދޮޅަސް އެއް ލާރި) ވަނީ ބަލައިގެންފައެވެ.
މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ބޮޑު އިތުރުވުމެކެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިގޮތުގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެއެވެ.
މި ލިޔުން ކިޔާލުމުން