ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާ ޒަޚަމުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ރިޕޯޓް ލިބުނީ ރޭ މެންދަމު 1:52 ގަ އެވެ.
ދެމަފަރީންގެ މެދުގައި ހިނގި މި ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަޚަމުވި ކަމަށް ވެސް ބުންޏެވެ. އަދި އެ މީހާ، ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ހަމަނުޖެހުމުގެ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން