ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި 3 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މ. ހަރމަނީ ނަމަކަށް ކިޔާ ގެއެއް ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި މާރިޗު މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން ރޭ މ.ހަރމަނީ ވަނީ ބަލައި ފާސްކޮށްފައި. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ… pic.twitter.com/Anp1MZy7ib
— Maldives Immigration (@ImmigrationMV) March 14, 2025
އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުންދިޔަކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި މިތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައިވެސް އިމިގެރޭޝަނުން ވަނީ ބިދޭސީންނަށް ކާބޯތަކެތީގެ ވިޔަފާރިކޮށް ޑެލިވަރީ ކުރަމުން ދިޔަ ތަނެއްބަލާ ފާސްކޮށް 32 ބިދޭސީން ހައްޔަރުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން