މިއަހަރުގެ ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރު ބަންދުވާއިރު، އެކިއެކި މުވައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަހަރުގެ ފެބުރުވަރީ 4 ވަނަ ދުވަހު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ، 1445 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
އެހެންކަމުން، މިއަހަރުގެ މާރިޗު 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ނަމަވެސް ރައީސް އޮފީހުގެ ދެންނެވުމުގައި އަންގަވާފައިވާ ގޮތުން، މި ބަންދު ދުވަސްތަކުގައިވެސް އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު އެ މުއައްސަސާއަކުން ހަމަޖައްސަވަން ޖެހޭނެއެވެ.
މި ލިޔުން ކިޔާލުމުން