ރަމަޟާން މަހާ ގުޅިގެން ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހު 21:30 އިން 22:30 އަށެވެ.
އޮންލައިން ސެޝަން: ރޯދަމަހާއި ދިރިއުޅުމުގެ އާދަތައް
ބައިވެރިވުމަށް: https://t.co/VzhDTzNXc0 pic.twitter.com/H6E8oXdcDF
— Ministry of Youth Empowerment, Information and Art (@YouthGovMv) March 9, 2025
ސެޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެ ގޮތަކުން ރަޖިސްޓަރ ކުރެވޭނެއެވެ. މިގޮތުން އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ 7925704 ނަންބަރަށް ނަމާއި އުމުރު ފޮނުވުމުން ރަޖިސްޓްރީކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން