އެމްއެސް އިންސިގްނިއާ ނަމަކަށް ކިޔާ ކްރޫޒް ލައިނާއަކުން 982 މީހުންނަށް އިމިގްރޭޝަނުން zކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސީޕޯޓު ޑިވިޝަނުގެ އޮފިސަރުން ކްލިއަރެންސް ދިނުމުގެ މަސައްކަތް މި މަހުގެ އެކަކުން އިއްޔެގެ ނިޔަލަށް ނިންމައި، އިންސިގްނިއާއިން 576 ފަސިންޖަރުންނާއި 406 ކްރޫއިންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
Immigration clearance was provided for 576 passengers and 406 crew members from the MS Insignia, which arrived from La Digue, Seychelles, to Malé, Maldives, on March 8th, 2025. The Seaport Division officers successfully conducted the en-route clearance process from March 1st to… pic.twitter.com/HLjhNITSVB
— Maldives Immigration (@ImmigrationMV) March 9, 2025
މި ކްރޫޒް ލައިނާ މާލެ އައީ ސީޝެލްސްގެ ލަ ޑީގުންނެވެ.
އައު އަހަރާއި ދިމާކޮށްވެސް ޑިސެންބަރުގައި މާލޭ ބޭރުގައި ދެ ކްރޫޒް ލައިނާއެއް ބަނދަރުކުރިއެވެ. އެ ދެ ކްރޫޒް ލައިނާއިން 4،600އަށްވުރެ ގިނަ ފަތުރުވެރިންނަށް އިމިގްރޭޝަނުން އެ ދަތުރުގައި ކްލިއަރެންސް ދިނެވެ. މިދިޔަ ފެބުރުއަރީ މަހު އައްޑޫ ސިޓީ އަށް ވެސް ކުރޫޒް ލައިނާއަކުން ސަތޭކަ އެއްހާ މީހުން ފޭބިއެވެ.
މި ލިޔުން ކިޔާލުމުން