ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ނަމުގައި ސޯޝަލް މިޑިއާގައި ހިންގާ ސްކޭމް ޕޭޖަކުން، އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކާ ކަމަށާއި، އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެދިއްޖެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނީ، މިއަދު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު، އެ ކުންފުނީގެ ދަށުން ހިންގަމުންދާ އާރްޓީއެލްގެ ނަމުގައި ވެސް އެފަދަ ސްކޭމެއް ހިންގަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތްކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ސްކޭމްތައް އާންމުވެފައިވާއިރު، އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް ކަސްޓަމަރުންނަށް ވަނީ އެދިފައެވެ.
އެމްޓީސީސީން ވަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖް ރިޕޯޓުކުރުމަށް ވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން