މިއަދުން ފެށިގެން އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޔޓްގައި އެ ދެ ރަށް ހިމަނައިގެން ދަތުރުގެ ކަންކަން އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައިވާގޮތުގެ މަތިން، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައި ހއ.ތަކަންދޫ އަދި ހއ.މާރަންދޫ ހިމަނައި، 2025… pic.twitter.com/XGNv1X5sle
— Ministry of Transport and Civil Aviation (@MoTCAmv) February 23, 2025
ހއ.އިހަވަންދޫ– ހދ.ކުޅުދުއްފުށި ރޫޓުގައ ތަކަންދޫ އަދި މާރަންދޫ ހިމެނުމަކީ މިއަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެ ވަޑައިގެންފައިވާ ވަޢުދެކެވެ. ރައީސް ވިދާޅުވީ މި ރަމަޟާންމަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދުއާއި މާރަންދޫއަށްވެސް ދަތުރުކުރާ ގޮތް ހައްދަވާދެއްވާނެކަމަށް ކަމަށެވެ.
ފެރީގެ މައްސަލަ ހައްލުވެގެންދިއުމުން ބޮޑުތަނުން ގިނަ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަ ލިބިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން