އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، އެ ގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑިއެމްއޭ) އިން އިންސާނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން އެންޑީއެމްއޭ އިން މިއަދު ބުނީ މިއަދު ފަތިހު ސ. ހިތަދޫ ”ގާރލޭންޑް“ ގޭަގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ފޯރުކޮށްދީފައިވާ ކަމަށެވެ.
2025 ފެބްރުވަރީ 21ވަނަ ދުވަހު ފަތިހު ސ. ހިތަދޫ ”ގާރލޭންޑް“ ގޭަގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ކައުންސިލް އާއި ގުޅިގެން މި އޮތޯރިޓީ އިން ވަނީ ފޯރުކޮށްދީފައި. pic.twitter.com/lTvGgRFxcD
— NDMA Maldives (@NDMAmv) February 21, 2025
ސ. ހިތަދޫ ”ގާރލޭންޑް“ ގޭގައި ފަތިހު އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 8:05 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ލިބިފައި ނުވެއެވެ.
އަލިފާން ރޯވި ގެއަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ދިރިއުޅުއްވާ ގެއެވެ. އެގޭގައި އަލިފާނުގެ ހާދިސާ ހިންގިއިރު މުޙައްމަދު ރަޝީދު ހުންނެވީ މާލޭގައެވެ.
އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ގެ އަނދާ ހުލިވެފައިވާ ކަމަށާއި އެއްވެސް އެއްޗެއް ސަލާމަތްވެފައި ނުވާކަމަށެވެ.
މި ލިޔުން ކިޔާލުމުން