އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
އިމިގްރޭޝަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް މި ޚިދުމަތް އަލުން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
We are currently experiencing technical issues with our call center service. Our team is working diligently to resolve the issue and restore the service. We sincerely apologize for any inconvenience cause.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޯލް ސެންޓަރުގެ ޚިދުމަތް ވަނީ…
— Maldives Immigration (@ImmigrationMV) February 19, 2025
އިމިގްރޭޝަނުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.
އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ފެށީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.
ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ލިބޭނެއެވެ. އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.
މި ލިޔުން ކިޔާލުމުން