ކުރިއަށް އޮތް ރަމަޟާން މަހު ޢުމްރާއަށް ދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް، އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ވިދާޅުވީ، ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން، ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށްކަމަށެވެ.
އެ ދެ ތަނުން މި ޚދިުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ފެބުރުއަރީ މަހުގެ 19-27 އަށް ހެނދުނު 9 ން މެންދުރު 2 ޖެހުމާއި ހަމައަށެވެ. މީގެ އިތުރުން އަންނަ މާޗް މަހުގެ 2-13 އަށް ކޮންމެ ދުވަހަކު ހެނދުނު 9:30 ން މެނދުރު ކުރި 11:30 އާއި ހަމައަށް މި ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
އަތޮޅު ތަކުގައި ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބީއެމްއެލްގެ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ޚާއްސަ އިންތިޒާމްތަކެއް ބީއެމްއެލުން ހަމަޖައްސާފައިވާއިރު، ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަމަށް އެ ބޭންކުން ވިދާޅުވިއެވެ. އަދި އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަތުމުގެ ފުރުޞަތު ލިބޭނެއެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ބީއެމްއެލް އިން މިހާރު ވަނީ އެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
މި ލިޔުން ކިޔާލުމުން