އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، 'އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް' ގައި ބައިވެރިވެ ރާއްޖެއަށް ފަޚުރުވެރި ރިހި މެޑައްޔައް ހޯދައިދިން މަރިޔަމް އީޝަލް މިސްބާޙާއި ރާއްޖޭގެ ޤައުމީ ޓީމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް މަރުޙަބާ ދަންނަވައިފިއެވެ.
މިގޮތުން އީޝަލް އާއި ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސްޕޯޓްސް ކޮމިޝަނަރު ވަނީ އީޝަލް އާ ބައްދަލުކޮށް، ހިތްވަރު ދެއްވައިފައެވެ.
The Commissioner of Sports welcomes the historic silver medallist Mariyam Eshal Misbah, who showed tremendous courage and skill in the recent championship.
Eshal secured silver in the Air Pistol Women’s Junior Category at the Asian Rifle/Pistol Cup 2025 in Bangkok, Thailand. pic.twitter.com/QjHy7NHbj2— Ministry of Sports, Fitness and Recreation (@MoSFR_mv) February 17, 2025
އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޝޫޓަރުންގެ މައްޗަށް ކުރި ހޯދައި އީޝަލް ވަނީ ރާއްޖެއަށް ރިހި މެޑައްޔެއް ހޯދައިދީފައެވެ.
'އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025' ކުރިއަށްދިޔައީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.
މި ލިޔުން ކިޔާލުމުން