މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެއެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް ނިޔާވެއްޖެއެވެ. ނިޔާވި އިރު ޢުމުރުރަކީ 64 އަހަރެވެ. އޭނާ ވަނީ އެ އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.
ޙަސަން ޝަކީލް ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ޝަކީލް ނިޔާވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
We are deeply saddened by the passing of our DDG for Mariculture Research, Hassan Shakeel. A pioneer in mariculture, he dedicated 40 years to MMRI, mentoring many and shaping the field.
May Allah (SWT) grant him Jannatul Firdaus and give strength to his family and loved ones. pic.twitter.com/YofjqKjk79— Maldives Marine Research Institute (@MMRI_Maldives) February 9, 2025
މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވީ ހަސަން ޝަކީލަކީ، މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެ އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅަކީ ޝަކީލްކަމަށްވެސް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
މި ލިޔުން ކިޔާލުމުން