ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލްއިން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ރެއާލް އިން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ފުރަތަމަ ހާފްގައި ވިނީޝިއަސް ޖޫނިޔާ ޖެހި ގޯލެއް ރެފްރީވަނީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.ވީއޭއާރު ބެލުމަށްފަހު މިނިންމުން ނިންމީ ގޯލް ޖަހަން އުފެއްދި ފުރުސަތުގައި ކިލިޔަން އެމްބާޕޭ ފައުލް ކޮށްފައި ވާތީއެވެ.
އެސްޕަނިޔޯލް އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމުގެ ގޯލް ފަހުވަގުތު ޖެހީ ކާލޮސް ރޮމޭރޯއެވެ.
ރޭގެ ނަތީޖާއާއި އެކު ޓޭބަލްގެ އެއްވަނައިގެ ރެއާލް އިން ހިފަހައްޓަމުން އައި ހަތަރު ޕޮއިންޓްގެ ލީޑު އެއް ޕޮއިންޓަށް ވަނީ ކުޑަވެފައެވެ.
ބާވީސް މެޗުން ސާޅީސް ނުވަ ޕޮއިންޓްއާއި އެކު ރެއާލް އެއް ވަނައިގަ އޮތްއިރު ވާދަވެރި އެތުލެޓިކޯ މެޑްރިޑް އޮތީ ބާވީސް މެޗުން ސާޅީސް އަށް ޕޮއިންޓް ހޯގައިގެން ދެ ވަނައިގައެވެ.
މިއަދު އަލަވޭސްއާއި ދެކޮޅަށް ނުކުންނަ ބާސަލޯނާ އޮތީ އެކާވީސް މެޗުން ސާޅިސް ދެ ޕޮއިންޓާއިއެކު ތާވަލްގެ ތިން ވަނައިގަ އެވެ.
ރޭ އެތްލެޓިކޯ މެޑްރިޑްއާއި މަޔޯކާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑެއެވެ. މި މެޗްގައި އެތްލެޓިކޯގެ ގޯލްތައް ޖަހާދީފައި ވަނީ ސަމިއުލް ލިނޯ އަދި އެންޓޮއިން ގްރިޒްމަން އެވެ. އެންމެފަހުން ކުޅުނު ދެ މެޗްގައި ގްރިޒްމަން ވަނީ އެތްލެޓިކޯއަށް ތިން ގޯލް ޖަހާދީފައެވެ.
މިއަދު ހަވީރު ރާއްޖެ ގަޑިން 6 ޖަހާއިއިރު ބާސާ އަލަވޭސް އާއިއެކު ކުޅޭ މެޗުން މޮޅުވެގެން އެތްލެޓިކޯއާއި ތިން ޕޮއިންޓަށް ކައިރި ކުރެވޭނެ އެވެ. މި މެޗަށް ފަހު ބޮޑު ިތިން ޓީމަށްވެސް ލީގުގަ ބާކީ ދެން އޮންނާނީ 16 މެޗްއެވެ.
މި ލިޔުން ކިޔާލުމުން