މުމްބާއީގެ ބަންދްރާގައި ހުންނަ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރަން ވަން މީހަކު ވަޅިން ދިން ހަމަލާގައި ޒަހަމްވެ އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
ސައިފްގެ ދަރިންގެ ކޮޓަރިއަށް ވަގު ވަދެގެން އުޅެނިކޮށް އެމީހާއާ ސައިފު ކުރިމަތި ލުމުގެ ތެރޭގައި އޭނާއަށް 6 ފަހަރު ވަޅިން ވަނީ ހަމަލާ ދީފައި ވެއެވެ. ސައިފްގެ ކަރަށާއި ބުރަކަށްޓަށް ވެސް ވަނީ އަނިޔާވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ސައިފް ފަރުވާ ހޯދަމުންދާ ލިލާވަޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އޭނާ ދޫކޮށްލުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ކުރު މުއްދަތަކަށް އޮބްޒަވޭޝަންގައި އަދިވެސް ބާއްވާނެ ކަމަށް ބުނެފައެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ އިންޑިއާގެ މީޑިއާތަކުން މެދުނުކެނޑި މިކަމަށް ފާރަލަމުން ގެންދާކަމެވެ. މިކަމާ ސައިފްގެ އަނބިމީހާ ކަރީނާ ވަނީ މިއަދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ކަރީނާ ބުނީ މީޑިއާއިން އެ މީހުންނަށް ފާރަ ނުލުމަށެވެ. އަދި މި ދަތި ދުވަސްވަރު އާއިލާއަށް ޕްރައިވެސީ ދިނުމަށް ކަރީނާ ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން